އިދިކޮޅު ފަރާތްތަކުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހައްޔަރު ކޮށްފިއެވެ.
އަލީ ހުސައިން ހައްޔަރުކޮށްފައިވަނީ އެއްވުމުގެ ބައިވެރިންގެ ތެރޭގައި ހުންނަވަނިކޮށް މަޖީދީމަގު ޗާންދަނީ މަގު ހަތަރު އަނގޮޅި ސަރަހައްދުންނެވެ. އަލީ ހުސައިންގެ އިތުރުންވެސް އެއްވުމުގެ ބައެއް ބައިވެރިންވަވީ ހައްޔަރުކޮށްފައެވެ.
ނަމަވެސް މިރޭ މިހާތަނަށް ހައްޔަރުކުރީ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެއެވެ.
މުޒާހަރާގެ ބައިވެރިން މިރޭވެސް މަގުތަކަށް ނިކުމެފައިވާއިރު ރޭގެ އެއްވުމުގެ ތެރެއިންވެސް މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރު ކުރިއެވެ. ނަމަވެސް ފަހުންވަނީ މެމްބަރުން ދޫކޮށްލާފައެވެ.
މެމްބަރު އަލީ ހުސައިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ