2018 ނިމެން ވާއިރަށް 60 ރަށުގައި ނަރުދަމާ އަޅާ ނިންމަވާނެކަމަށް އެންވަޔަރަމަންޓު މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "މަގޭ ވަޡަން" ގެ ނަމުގައި ރޭ ރުމާލު ދޭއް ޖަގަހައިގައި ކުރިޔަށް ދިޔަ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ޡާރިގު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އާއި އަދު ރައީސް ނަޝީދު ވަރަށް ގިނައިން ތިމާވެށީގެ ވާހަކަ ދައްކަވާކަމަށާއި، އެހެންނަމަވެސް އެބޭފުޅުންނަށް ކުރެވުނު ހަމަ އެކަނި ކަމަކީ ކަނޑު އަޑީގައި ވައްތަރެއްގެ ޖަލްސާއެއް ބޭއްވުން ކަމަށެވެ.
އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމުގައި މިވީ ހަތަރު އަހަރުދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ، ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވަކާލާތު ކުރަމުން އަންނަ މަންޒަރުކަމަށެވެ.
އަދި ކުރީގެ އެއްވެސް ވެރިކަމެއްގައި މިފަދަކަމެއް ވެފައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން 24 ގަޑިއިރުގެ ކަރަންޓުގެ ޚިދުމަތްވެސް މިހާރު ދެމުންދާކަމަށާއި، މީގެ ކުރިން ވަރަށް ގިނަ ރައްރަށުގައި 24 ގަޑިއިރު ކަރަންޓު ނެތް ކަން މިނިސްޓަރ ޡާރިގު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ ކާބަން މަދުން ބޭނުންކުރާ ގައުމަކަށް ހެދުމަށްޓަކައި، ރައީސް ޔާމީންގެ ޓާގެޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކަރަންޓައް ބޭނުންކުރާ އަދަދުގެ 30 ޕަސެންޓު އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓައް ހެދުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
2018 ނިމެންވާއިރަށް 60 ރަށުގައި ނަރުދަމާ އަޅާ ނިންމާނަން- މިނިސްޓަރ ޡާރިގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ