ފައިސާ ކޮޅަކަށް އައިޑީކާޑު ވިއްކާނުލާ، އެއީ އިދިކޮޅުގެ ނުރައްކާތެރި ރޭވުމެއް- ނިހާން

ވޯޓު އިތުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ބޮޑު އަގުގައި އައިޑީކާޑު ވިއްކަމުންދާއިރު އެ ޖަރިމާގައި ބައިވެރިނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ހުސެއިން މަނިކް އިލްތިމާސް ކުރައްވައިފިއެވެ. ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލވުުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ހުސެއިން މަނިކް ވިދާޅުވީ އިދިކޮޅު ސިޔާސީ ބޭފުޅުން ނުރައްކާތެރި ރޭވުމެއްގެ ދަށުން ރައޔްިތުންގެ އައިޑީކާޑު ބޮޑު އަގުދީފައި ގަންނަމުންދާ ކަމަށެވެ. ނިހާން ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ގާނޫނުގައި މަނާކަމެއްކަމަށެވެ. އަދި މިފަދަ ގާނޫނީ ކުށެއްގައި ރައްޔިތުން ނުބެދުމަށް ގޮވާލެއްވިއެވެ.މިއީ ސިޔާސީ ޕާޓީތަށް ޒިންމާދާރުވާންވީ ވަގުތު ކަމަށާއި ޕީޕީއެމްގެ އެއްވެސް ޖަގަހައަކުން މިފަދަ އަމަލެއް ނުހިންގާ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށާއި މުއަސަސާތަކަށް ނިހާން ވަނީ އަރުވާފައެވެ. އަދި އައިޑީކާޑު ފައިސާ ކޮޅަކަށް ވިއްކާނުލުމަށްވެސް ނިހާން އިލްތިމާސްކުރެއްވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ރައްޔިތުންގެ ފިކުރާ ވިސްނުން ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން އިލެކްޝަން ކޮމިޝަނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން ވޯޓު ކަރުދާހާ ވޯޓުލާ މަރުކަޒުތަކާއި އެމަރުޒުތަކުގައި މަސައްކަތް ކުރުމަށް ހޮވާފައިވާ ވޮލެންޓިއަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވޯޓާއި މެދު ޔަގީންކަން ގެއްލޭ ވާހަކަ ފަތުރަމުންދާ ކަމަށެވެ.ނިހާން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައްވާއިރު ވޯޓާއި މެދު ރައްޔިތުންގެ މެދުގައި ޔަގީންކަން ގެއްލޭ ގޮތަށް އެމްޑީޕީއިން މަސައްކަތް ކުރަނީ މިފަހުން ނޫން ކަމަށެވެ.އެގޮތުން 2008 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުން ދުރުކުރުމަށް އިލެކްޝަންސްކޮމިޝަނާއި އަދި ސަރުކާރުގެ އިދާރާ ތަކާ ގުޅޮގޮތުން ދެއްކި ވާހަކަތައް ހަނދުމަ ކުރުމަށް ގޮވާލެއްވިއެވެެ. އަދި ހަމަ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އިލެކްޝަން ކޮމިޝަންތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުމާއި އޭގެއަނެއްދުވަހު ނަތީޖާ އިއުލާނު ކުރުމުން ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމުން ކީހާ ޅެން ފަރިއްސައް ވެގެންދިޔަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ