މިހާރު ކުރިއަށްދާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލައްވާނެކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތު ކަމާއެކު ދެމިހުންނެވުމަށްޓަކައި ވަކި ކޮޅަކަށް ތާޢީދު ނުކުރުމުގެ ގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މިއަދު ވޯޓު ނުލައްވާނެކަމަށެވެ.
"މި ޕްރައިމަރީގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ސާބިތުކަމާ އެކު ވަކި ކޮޅަކަށް ނުޖެހި ހުރުމުގެ ގޮތުން އަޅުގަނޑު ވޯޓު ނުލާނަން" ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލައްވާނެ ކަމަށް މައުމޫން ވިދާޅުވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީން ހޮވޭ ބޭފުޅަކަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާކަން ހާމަނުކުރެއްވުމަށް ނިންމަވާފައިވަނީ މަސްލަހަތަށްޓަކައި ކަމަށް މައުމޫން މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުނުލައްވާއިރު ރައީސް މައުމޫންގެ ބޭފުޅުން ތާއީދުކުރައްވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީން އަބްދުލްގައްޔޫމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލައްވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ