މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދުން އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިފޭބުމަށް އާންމުން އުފުލަމުންދާ ތަކުލީފަށް ނިމުމެއް ގެންނެވުމަށްޓަކައި، ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދަށް ގެންނަ ބަދަލުތަކުގެ ޑިޒައިންތަކާއި އެނިމޭޓެޑް ވީޑިއޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާންމުކުރައްވައިފިއެވެ.
މިއަދު ރައީސް އެކްސްގައި ހިއްސާކުރެއްވި ވީޑިއޯ އިން ފެންނަ ގޮތުން އެމްއެމްއޭ ކުރިމަތީގައި އިތުރު 3 ކުޑަ ފާލަން (ފިންގަ ޖެޓީ) ހެދުމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ފާލަމެއްގެ ދެފަރާތުން 10 ލޯންޗު (ކޮންމެ ފަރާތަކަށް 5 ލޯންޗު) ކައިރިކުރެވޭނެއެވެ. މުޅި އެކު އެ ސަރަހައްދުގައި އެއްވަގުތެއްގައި 30 ލޯންޗު ކައިރިކޮށް، ފަސޭހައިން މީހުންނަށް އަރައިފޭބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން އެ ވީޑިއޯގައި މަސްވެރިންގެ ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަހައްދުގައި 3 ފާލަން ގާއިމުކޮށް ބޭނުންކުރާނެ ގޮތުގެ ޕްލޭންވެސް ވަނީ ދައްކާލާފައެވެ. މި ފާލަންތަކަށް އެއްވަގުތެއްގައި 18 ލޯންޗު ކައިރިކުރެވޭނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މާލޭ އުތުރު ފަރާތު ބޭރުމަގު ހިމެނޭ ސަރަހައްދުގެ ނުނިމި ހުރި މަސައްކަތްތަކާއި، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ބޭރުމަގަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެއެވެ.
އެއް ލޯންޗުން އަނެއް ލޯންޗަށް އަރަންޖެހޭ ތަކުލީފަށް ހައްލެއް: އުތުރު ބަނދަރުގެ އާ ޑިޒައިން އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ