ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ މަޖިލިސް މެމްބަރުންނާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފިއެވެ.
ކުނޫޒްގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓިތަކުގެ މަޖިލިސް މެމްބަރުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެހެން ލީޑަރުންނާވެސް ބައްދަލުކުރެއްވި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ހަތަރު ޕާޓި ގުޅިގެން ފަށާފައިވާ އިސްލާހީ މަސައްކަތް ވަރަށް ކާމިޔަބުކަމާއެެކީ ކުރިއަށްދާ ކަމަށެވެ.
އެހެންވީމާ ގުޅިފައިވާ ޕާޓިތަކުގެ މަޖިލިސް މެމްބަރުންނާ ކޮމެޓިތަކުގެ ބޭފުޅުންނާ ބައްދަލުކޮށް ޕާޓިތަކުން ކުރަމުން މިދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ކުރިއަށް ގެންދަނީ ކިހިނެއްތޯއާ އަދި ގުޅިފައިވާ ޕާޓިތަކުން ބޭނުންވާ އިސްލާހުތައް ގެންނާނީ ކިހިނެއްކަމާމެދު މަޝްވަރާ ކުރެވުނު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މިބައްދަލުވުމަކީ ވަރަށް ބިނާކުރުވަނިވި ބައްދަލުވުމެއްކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެވަގުތަކަށް ދިމާވެފައިވާ މައްސަލަތަކާމެދު މަޝްވަރާ ކުރެއްވުމަށް ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ބައްދަލުވުންތައް ގުޅިފައިވާ ޕާޓިތަކުގެ މެމްބަރުންނާ އެކު ކުރިއަށްގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންނާ ރައީސް މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ