ސާކު ގައުމުތަކަށް އެއް ކޭބަލަކުން ކަރަންޓް ދޭން ސާކް ސަމިޓްގައި މަޝްވަރާ ކުރަން ނިންމައިފި

ސާކުގެ ހުރިހާ ގައުމަކަށް އެއް ކޭބަލަކުން ކަރަންޓްގެ ހިދުމަތް ދިނުމަށް ސާކު ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންގެ މެދުގައި މަޝްވަރާކުރަން ނިންމައިފި އެވެ.އިންޑިއާގެ ޒީ ނިއުސް ވެބްސައިޓްގައި ބުނެފައި ވަނީ ސާކުގެ ގައުމުތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން އިންޑިއާއިން އިސް ނަގައިގެން ގާއިމުކުރާ ޕަވާ ގްރިޑާ މެދު ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ވެބްސައިޓުން ބުނި ގޮތުގައި މިދިޔަ މަހު ދިއްލީގައި ބޭއްވި ސާކު ގައުމުތަކުގެ އެނާޖީ މިނިސްޓަރުންގެ ބައްދަލުވުމުގައި ސާކު ޕަވާ ގްރިޑެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.އިންޑިއާގެ ޕާވާ މިނިސްޓްރީގެ ސްޕެޝަލް ސެކްރެޓަކީ ދެވެންދްރަ ޗައުދަރީ ވިދާޅުވީ އެއް ކޭބަލުން ކަރަންޓް ދިނުމާ ގުޅޭ ގޮތުން އިންޑިއާއާ އެކު އެހެން ގައުމުތަކުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ."އަޅުގަނޑުމެން މިގެންދަނީ ޕްވާ ގްރިޑާ ގުޅޭ މަޝްވަރާތައް ކުރަމުން. މި މަހުގެ 26-27 އަށް ކަތަމަންޑޫގައި ބާއްވާ ބައްދަލުވުމުގައި ލީޑަރުންގެ މެދުގައި އެއްބަސްވާނެ،" އޭނާ ވިދާޅުވި އެވެ.ޕަވާ ގްރިޑް ގުޅާލުމުގެ މަޝްރޫއަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ މި ސަރަހައްދުގެ ގައުމުތަކަށްދިމާވެފައިވާ ކަރަންޓް ޝޯޓޭޖަށް ލުޔެއް އަންނާނެ ކަމަށް ވެބްސައިޓުން ބުނެ އެވެ.އިންޑިއާ އިން މިހާރު ވެސް ގެންދަނީ އަވަށްޓެރި ބޫޓާން އާއި ބަންގްލަދޭޝް އަށް ކަރަންޓް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ