ރައީސް މައުމޫން އެމެރިކަން އެންބަސީގެ އެންބޭސިޑަރ އަށް މިއަދު ކުރެއްވި ޓްވީޓެއްގައި ޝުކުރުއަދާ ކުރައްވައިފި އެވެ.
އެބޭފުޅާ އެމެރިކާއިން ރާއްޖެއަށް ހުށަހަޅާފައި ހުންނެވި އެންބޭސިޑަރ އަތުލް ކަޝްޔަޕް އަށް ޝުކުރުއަދާކުރައްވާފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން އެމެރިކާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ނެރުނު ބަޔާނާއި ގުޅިގެންނެވެ.
I thank HE @USAmbKeshap for this important and helpful statement over what happened in Majlis yesterday. NationFirst pic.twitter.com/inbag7sIb3
— Maumoon Abdul Gayoom (@maumoonagayoom) March 28, 2017
އިއްޔެ ބޭއްވުނު މި އިންތިހާބުގައި އިންސާފުވެރި ވޯޓެއް ނެގުމަށް ހުރަސް އެޅޭ ކަންކަން ކޮށްފައިވާ ކަމަށްބުނެ އެކަންތައްތައް ޑިމޮކްރަސީގެ އުސޫލުން ހިންގައި މަޖިލީހުގެ ޖަލްސާތައް މިނިވަން އަދި އިންސާފުވެރި ޖަލްސާތަކަށްހަދައި، މިނިވަން އަދި އިންސާފުވެރި ލޯކަލް ކައުންސިލް އިންތިހާބެއް ބާއްވައި ނޫސްވެރިކަމާއި އެއްވެ އުޅުމުގެ އަދި ޚިޔާލު ފާލުކުރުމުގެ އަސާސީ މިނިވަންކަން ގާއިމްކުރުމަށް އެމެރިކާއިން ވަނީ ގޮވާލައިފައެވެ.
ރައީސް މައުމޫން އެމެރިކާގެ އެމްބެސަޑަރަށް ޝުކުރު އަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ