ތިމަރަފުށީ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓު އަހުމަދު ޝަރީފަށް ތާއީދު ހޯދައިދެއްވުމަށް މިދިޔަ ހުކުރު ދުވަހު ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުގެ އިސްވެރިން އެދާއިރާގެ ރަށްތަކަށް ދަތުރެއް ކުރައްވައިފިއެވެ.
ޕީޕީއެމްއިން ބުނީ މަރަފުށީ ދާއިރާގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރި މިދަތުރުގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމުގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫންއާއި، ކައުންސިލް މެންބަރުންކަމަށްވާ އަނީސާ އަހުމަދާއި، އަސްމާ ރަޝީދާއި، އަހުމަދު ސިއްދީގާއި، ޕާޓީގެ ރެޖިސްޓްރާ ޒަހާ ވަހީދާއި، ގަމު ދާއިރާގެ މެންބަރ ޔޫސުފް އަބްދުލްޣަފޫރާއި، އަލްގާރީ އަހުމަދު ރަސީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ފުވާދު ގާސިމާއި، އަދާލަތު ޕާޓީގެ ކައުންސިލް މެންބަރ އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރ އިބްރާހީމް މުއްތޮލިބު ކަމަށެވެ.
އެ ޕާޓީން ބުނީ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އެޕާޓީގެ ކެންޑިޑޭޓް އަހުމަދު ޝަރީފަށް ތާއީދު ހޯދައިދެއްވުމަށް ކުރި ދަތުރުގައި ތިމަރަފުއްޓާއި، ގާދިއްފުއްޓާއި، ގުރައިދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި ތިމަރަފުށީ ދާއިރާ ހިމެނޭ ރަށްތަކުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބުނު ކަމަށާއި، އަދި މިދަތުރުގައި ވަރަށް ފޯރިގަދަ ޖަލްސާތަކެއް ބޭއްވުނު ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
ޕީޕީއެމްއިން އިތުރަށް ބުނީ ގާދިއްފުށީ ކައުންސިލަށް އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ހުސެއިން ޒިޔާޢުއަށް ތާއީދު ހޯދުމަށް އެރަށުގައިވެސް ޚާއްސަ ޖަލްސާއެއް ބޭއްވިފައިވާ ކަމަށެވެ.
ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ދަތުރެއްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ