ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ޖަލަށް ލާފައިވާ އދ މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އަށް މިއަދު އައިޖީއެމްއެޗްގައި ފަރުވާ ދީފިއެވެ.
17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދާ ނިހާން މިއަދު ހޮސްޕިޓަލަށް ގެނެސް ޑޮކްޓަރަށްދައްކާ އެކްސްރޭ ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ނަމަވެސް ނިހާން ޑޮކްޓަރަށް ދެއްކީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.
ގާޒީ ނިހާނަށް ހޮސޕިޓަލްގައި ފަރުވާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ