ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަބުދުއް ބާރީ ޔޫސުފް އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުން ވަރުގަދަ ސުޓޭޓަސްއެއް ޖައްސަވައިފިއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ކުއްލިގޮތަށް ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައިވާ ގާޒީ ބާރީ ލިޔުއްވާފައިވާ ސުޓޭޓަސްގައި ވިދާޅުވެފައިވަނީ "ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި، "އެއީ ކޮން ބައެއް ކަމާއި އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލް އަންނަނީ" ކަމަށް ބާރީ ވަނީ ވިދާޅުވެފައެވެ.
"އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް"ކަމަށް ބާރީ ވިދާޅުވިނަމަވެސް އެއީ ކޮންބައެއްކަން މި ސްޓޭޓަސްގައި ލިޔުއްވާފައެއް ނުވެއެވެ.
އަދި "އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލް އަންނަނީ"ކަމަށް ވިދާޅުވިނަމަވެސް އެ ތަފްސީލްތައް ހާމަވާނީ ކިހިނެތްކަމެއްވެސް އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ އެދުވަހު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނިކޮށެވެ. ގާޒީ ބާރީ އެމައްސަލަތައް ކޯޓުން ބޭރުކުރީ ދައުލަތުގެ ވަކީލުން އެދުވަހުގެ ޝަރީއަތުގެ ފަހު ބަޔަށް ކޯޓަށް ހާޒިރުނުވުމުން އެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ބޭފުޅުންގެ އިއްތިފާގުން އެގޮތަށް ނިންމެވުމުންނެވެ.
ގާޒީ ބާރީގެ ވަރުގަދަ މެސެޖެއް: "އަނިޔާވެރިންގެ ތަފްސީލް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ