އިންތިޚާބަށް އަޅުގަނޑު ނުކުތުމާމެދު އެއްޗެއް ބުނަން އަދި މާއަވަސް: ގާސިމް

އަންނަ ރިޔާސީ އިންތިހާބަށް ނުކުރުމާމެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެެވެ.
ގާސިމް މިފަދައިން ވިދާޅުވީ މިހާރު ކުރިޔަށްދާ ޖޭޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ގާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޖޭޕީން ކެންޑިޑޭޓަކު ނެރެން ކައުންސިލުން ނިންމައިފިއްޔާ ނެރޭނެކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނުކުންނާނެ ކަމާމެދު އެއްޗެއް ބުނަން އަދި މާއަވަސްކަމަށެވެ.
ގާސިމް މިފަދައިން ވިދާޅުވެފައިވާއިރު، މިފަހުން އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެކަމަށް ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވަނީ ވިދާޅުވެފައެވެ.
އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްތޯ ނުވަތަ އެެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީގެެ ކައުންސިލުން ކަމަށް އިލްހާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ