މާލެއަތޮޅު ހުރާ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއްގެ ކުލިން 6،000ރ. ކުޑަވާ ގޮތަށް އެ ކައުންސިލުގެ ހުސްބިންތަކުގައި "ގާޑިޔާ" ނުވަތަ "ގޮނޑި މޭޒު" ބަހައްޓައިގެން ވިޔަފާރިކުރުމާއި އެފަދަ ހިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލަށް އިސްލާހު ގެނެސްފި އެވެ.
ޕީއެންސީގެ މެޖޯރިޓީ އޮތް ހުރާގެ އައު ކައުންސިލުން އުސޫލަށް ބަދަލު ގެނެސްފައިވަނީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގެ ގޮތުން އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަން ކުރާނަމަ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 3ރ. ދައްކަން ޖެހޭ ގޮތަށެވެ.
Villa College
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
ކުރިން އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަންކުރާނަމަ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 7ރ. ދައްކަން ޖެހެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ހުރާގައި އުނދުން ބަހައްޓާ ކެއްކުންފަދަ ކަންކަން ކުރަން ކައުންސިލުން 1،500 އަކަފޫޓުގެ ހަތް ބިމެއް ވަނީ ދޫކޮށްފަ އެވެ. އެހެންކަމުން އެ ބިންތަކަށް ކުރިން 10،500ރ. ކުރިން ދެއްކި ނަމަވެސް، އުސޫލު ބަދަލުކުރުމުން އެ ބިންތަކަށް ދެން ދައްކަންޖެހޭނީ 4،500ރ. އެވެ.
މީގެއިތުރުން ހުސްބިންތަކުގައި "ގާޑިޔާ" ނުވަތަ "ގޮނޑި މޭޒު" ބަހައްޓައިގެން ވިޔަފާރިކުރުމާއި އެފަދަ ހިދުމަތްތަކުން ފީ ނެގުމާއި ގުޅޭ އުސޫލު އައު ކައުންސިލުން އިސްލާހުކޮށް ބިންތަކަށް ހުއްދަ ދެވޭ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި، އިއުލާން ނުކޮށް ދެ އަހަރަށް މުއްދަތު އިތުރުކުރެވޭ ގޮތަށް ވަނީ ހަދާފަ އެވެ.
ކުރިން ހުރާގައި މިފަދަ ބިންތައް ދޫކުރަމުންދިޔައީ އެއް އަހަރު ދުވަހަށް ކަމަށްވާއިރު، ކޮންމެ އަހަރެއް ނިމުމުން މުއްދަތު އިތުރުކުރަނީ އެކި ކަންކަމަށް ރިއާޔަތްކޮށް އިތުރުކުރާ ކޮންމެ އަހަރަކަށް ކުލިން އަކަފޫޓަކަށް 20 ލާރިއަށްވުރެ ކުޑަނުވާ ގޮތުގެ މަތިންނެވެ.
ލޯކަލް ޓޫރިޒަމަށް ފައްކާވެފައި އޮތް ހުރާގައި ކެފޭ/ރެސްޓޯރެންޓް ހިންގާ ބިންތަކުގެ ކުލިން 6،000ރ. ކުޑަކުރަން ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ނިންމުމުން އެކަމާ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ހުރާ ކައުންސިލުން ދޫކޮށްފައިވާ ބިންތަކެއްގެ ކުލިން 6،000ރ. ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ