ފުރަތަމަ ޓާމުގެ ކިޔެވުން ނިމުމާ އެކު ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް

ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަދު ނިމުމާ އެކު ދަރިވަރުންނަށް، ހަފުތާ ބަންދާ އެކު 16 ދުވަހުގެ ޗުއްޓީއެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ސްކޫލެއްގައިހެން މިއަދު ވަނީ ދަރިވަރުންނަށް ފުރަތަމަ ޓާމުގެ ރިޕޯޓުފޮތް ދީފަ އެވެ. އެއާ އެކު، މިވަގުތަށް ސްކޫލުތަކުގެ ކިޔެވުން ބަންދުވީ އެވެ.
ތަފްސީލް - ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދެން ސްކޫލުތަކުގެ ކިޔެވުން ފެށޭނީ އަންނަ މަހު 2ގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން، ދަރިވަރުން މި އަހަރު 199 ދުވަހު ކިޔަވާނެ އެވެ. ދެން އެންމެ ބޮޑު އިމްތިހާނަކަށް ކުރިމަތީގައި އޮތީ، އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގައި އޮންނަ އޯލެވެލް އިމްތިހާނާއި އޭލެވެލް އިމްތިހާނެވެ.
އެއަށް ފަހު ދެން އޮންނާނީ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އެވެ. އެއީ 18 ޑިސެމްބަރުން އަންނަ 12 ޖެނުއަރީ އަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ 17 ޖެނުއަރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ