މެމްބަރު މުޖުތާޒް ޕީޕީއެމް އަށް ސޮއިކުރައްވައިފި

މުޖުތާޒް ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމް އުފެއްދެވުމުގައި އިސްވެ އުޅުއްވާ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ހާޒިރުގަ އެވެ. މުޖުތާޒްގެ ފޯމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ވެސް މައުމޫނެވެ.މުޖުތާޒް ސޮއިކުރެއްވުމަށް ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖުލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ވަގުތީ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ މުޖުތާޒް ޕީޕީއެމްއާ ގުޅުނީ އެ ދާއިރާގެ "ރައްޔިތުންގެ ވިންދާ" އެއް ގޮތަށް ކަމަށެވެ."މުޖުތާޒް އަޅުގަނޑުމެންނާ ތަންކޮޅެއް ދުރުގައި ހުރި ނަމަވެސް ވަރަށް ގާތް ކަމެއް އަޅުގަނޑުމެންގެ ކަންތައްތަކަށް ދެއްވި. އަދި އަޅުގަނޑުމެން ވަކި ޕާޓީއެއް އުފައްދައި، ކަންތައްތައް ކުރިއަށްދާ ގޮތެއް ބައްލަވާފައި ގުޅިވަޑައިގަންނާނެ ކަމަށް ވިދާޅުވި،" މަހުލޫފް ވިދާޅުވި އެވެ.މަހުލޫފް ވިދާޅުވީ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް ސޮއިކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އެކި ުކަންކޮޅުތަކުން ގިނަ މެމްބަރުންތަކެއް އެ ޕާޓީ އަށް ވަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މުޖުތާޒް ޑީއާރްޕީން ވަކިވުމާ ގުޅިގެން މަޖިލީހުގައި މިހާރު ތިއްބަވާނީ އެ ޕާޓީ އަށް ނިސްބަތްވާ އެންމެ 16 މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ