އެމަޖެންސީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް މާދަމާ ހިޔާ އަދި އެމްޕީއެލް ޓަވަރުން ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

އެމަޖެންސީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް މާދަމާ ހިޔާ އަދި އެމްޕީއެލް ޓަވަރުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި މާދަމާ ކަރަންޓު ކެނޑިގެންދާނެ ކަމަށެވެ. އެގޮތުން ކަރަންޓު ކެނޑޭނީ:
ސްޓެލްކޯއިން ބުނީ ގަޑިތައް މިފަދައިން ބަޔާންކުރެވިފައި ވީނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެން ދާނެކަމަށާއި، މި މަސައްކަތަކީ ހިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މިއާއެކު ސްޓެލްކޯ އިން ވަނީ މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންނަށް ދިމާވާ އެންމެހާ ދަތިތަކަށް މާފަށް އެދޭކަމަށާއި، ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ