މި ރޯދަ މަހު އެންމެ މަގުބޫލުކަން ހޯދާފައިވާ 'އުރީދޫ ކަރާފެޅުން' ގޭމުގައި އުރީދޫން ވަނީ 'ކަރާ ކުއެސްޓް' ތައާރަފުކޮށްފަ އެވެ. މިއީ ކުޅުންތެރިންނަށް އެ މީހުންގެ ޓީމަށް ޕޮއިންޓް ހޯދައި މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ.
އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ.
ކަރައެއް ފެޅުމުން އެ ތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖަހާނެ އެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ އެވެ.
މި ފީޗާގެ ސަބަބުން އުރީދޫ ކަރާފެޅުމަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދެ އެވެ. ރޯދަ މަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ.
އުރީދޫ ކަރާފެޅުމަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ.
ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެ އެވެ. އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އުރީދޫ ކަރާ ކުއެސްޓުން ޓީމަށް އިތުރު ޕޮއިންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ