ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމުން، "ސަރުކާރު ކެންޑިޑޭޓު" ކިޔައި، ޕާޓީގެ ނިވަލުގައި ތިބެގެން މަޖިލީހަށް ކެމްޕެއިން ކުރުން ނިމުމަކަށް އަންނާނެ ކަމަށާއި، އެއީ އެންމެ މިނިވަން ގޮތް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބެނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް ކަމަށާއި އެކަން އެގޮތަށް ކުރަނީ ޕާޓީގެ ނިވަލުގައި ތިބެގެން މެންބަރުން ކެމްޕެއިން ކޮށްގެން ކަމަށެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމުން "ސަރުކާރު ކެންޑިޑޭޓު" ނުކިޔޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ