ޓިމޯ ލެސްޓޭއާއި ރާއްޖެ މެޗު ޓިކެޓު، ސިޑިބަރި 50 ރުފިޔާއަށް، ގޮނޑިބަރި 100 ރުފިޔާއަށް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މުހިންމު މެޗުގެ ޓިކެޓް އެފްއޭއެމް އިން މިއަދު ވިއްކަން ފަށައިފިއެވެ. ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު އޮންނާނީ ކުރިއަށް އޮތް އަންގާރަ ދުވަހުގެ ހަވީރެވެ. އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި ޓިކެޓް ވިއްކުން ކުރިއަށްދާނީ ހަމައެކަނި ގަލޮޅު ދަނޑުގެ ކައުންޓަރުތަކުންނެވެ. ޓިކެޓުގެ އަގުތައް:ގޮނޑިބަރި: 100 ރުފިޔާސިޑިބަރި: 50 ރުފިޔާޓިކެޓް ކައުންޓަރުތައް މިރޭ 23:00 އާ ހަމައަށް ހުޅުވިފައި ހުންނާނެއެވެ. އަދި މާދަމާ ހެނދުނު 10:00 އިން ފެށިގެން އަލުން ޓިކެޓް ވިއްކަން ފަށާނެ ކަމަށްވެސް އެފްއޭއެމް އިން ބުނެއެވެ. ޓީމުގެ ތައްޔާރުވުން:މި މެޗަށް ދެ ޓީމުންވެސް ފޯރިއާއެކު ތައްޔާރުވަމުން އަންނައިރު، ދިވެހި ޓީމުގެ ފަރިތަކުރުންތައް ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް، ރާއްޖޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ކޮލިފައިންގެ ފަހު މެޗަށް ނުކުންނަ ދިވެހި ސްކޮޑުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ވަހީދު (އިއްބެ) ފަދަ އިތުބާރު ކުޅުންތެރިން ހިމެނެއެވެ. މެޗުގެ ކުރިން މާފަންނު ޓާފްގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓިމޯ ލެސްޓޭގެ ކޯޗު ބުނީ، ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ފެންނަ ވަރުގަދަ ސަޕޯޓުގެ ސަބަބުން މި މެޗު އުނދަގޫވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޓިމޯ ލެސްޓޭގެ ހޯމް މެޗު މިދިޔަ އަހަރު އޮސްޓްރޭލިއާގައި ކުޅުނުއިރު، އެ މެޗު ކާމިޔާބުކުރީ ޓިމޯއިންނެވެ. އެހެންކަމުން، އަންގާރަ ދުވަހުގެ މެޗަކީ އަމިއްލަ ދަނޑުގައި ދިވެހި ޓީމަށް ނަތީޖާ އަނބުރާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ