މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ފާސްކޮށްފައިވާ ބިލު ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މާދަމާ ހުކުމްކުރުމަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. އެގޮތުން:
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ: ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
މައްސަލަ ހުށަހެޅި ވަކީލުން ފާހަގަކުރާ ގޮތުގައި، މި ބިލަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީގައި ލާޒިމުކުރާތީ؛ އެހެން ނަމަ އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ
ތަފްސީލް - ސުޕްރީމް ކޯޓުން މައްސަލަ ހުށަހެޅި ފަރާތަށް ޗިޓު ފޮނުވާފައިވަނީ މާދަމާ މެންދުރުފަހު 12:45އަށް ހާޒިރުވުމަށެވެ. މާދަމާ އޮންނަ އަޑުއެހުމަކީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެކެވެ.
މި މައްސަލަ ބައްލަވަނީ އެކުލަވާލީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އޭގެ ތެރެއިން ތިން ފަނޑިޔާރުންނަކީ މި ސަރުކާރުގައި މި ފަހުން ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންނެވެ. އެއީ
އަބްދުލްގަނީ މުހައްމަދު (އުއްތަމަ ފަނޑިޔާރު)؛ އައްޔަންކުރީ 6 އޮގަސްޓް 2025ގައި
ހުސައިން ޝަހީދު: އައްޔަންކުރީ 19 މާޗު 2025ގައި
އަބްދުﷲ ހަމީދު: އައްޔަންކުރީ 11 ޖޫން 2025ގައި
ދެން ބެންޗުގައި ތިއްބަވާ ފަނޑިޔާރުންނަކީ:
އަލީ ރަޝީދު ހުސައިން
ޑރ. މުހައްމަދު އިބްރާހީމް
ފާހަގަކޮށްލެވޭ - މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބޭރުކޮށްފަ އެވެ.
ރަޖިސްޓްރާ އެ ގޮތަށް ނިންމީ:
އެ ބާބުގައި ހިމެނޭ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ވަނީ، 15 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރައީސް އަންގަވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެފަދަ ބިލެއް ރައީސް ތަސްދީގުކުރައްވަން ނުފެންނަ ކަމަށް ވަނީ ނަމަ
މައި ދެ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށް މަޖިލީހުން ފާސްކުރި ބިލު ތަސްދީގު ނުކުރުމަށް ރައީސް ނިންމަވާފައެއް ނުވޭ
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލާގައި މާދަމާ ހުކުމްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ