ހިޖުރީ އައު އަހަރުގެ ތަޙްނިޔާ އާއި މުބާރަކްބާދު ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމް އަރިސްކުރައްވައިފިއެވެ.
ހިޖްރީ 1445ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައިވަނީ މި ފެށުނު 1445 ވަނަ އަހަރަކީ އިސްލާމީ އުންމަތަށާއި، ދިވެހިޤައުމަށް ބާއްޖަވެރި، އުފާފަގަތި އަހަރެއް ކަމުގައި ލެއްވުން އެދިވަޑައިގެން އަދި ދިވެހީންނާއި، މުޅި އިސްލާމީ އުންމަތަށް އަމާން އޮމާން ދުވަސްތަކެއް މިންވަރު ކުރެއްވުން އެދިވަޑައިގެން މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވާފައެވެ.
މުހައްރަމް މަހަކީ އިސްލާމީ ކަލަންޑަރުގެ ފުރަތަމަ މަހެވެ. އެއީ މާތްﷲ ހުރުމަތްތެރިކުރެއްވި 4މަހުގެ ތެރޭގައި ހިމެނޭ އެއް މަހެވެ.
ހިޖުރައިގެ ތާރީޚް ފެށިގެން އަންނަނީ ރަސޫލް (ﷺ) މައްކާއިން މަދީނާއަށް ކުރެއްވެވި ހިޖުރަ އާއި ހަމައިންނެވެ. ހިޖުރައިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ތިމާ ތިމާގެ ޤައުމު ނުވަތަ ވަޒަން ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް އެ ބިމެއްގައި ހުރެގެން އިސްލާމް ދީނުގައި ސާބިތުވެވެން ނެތް ނަމަ އިސްލާމް ދީނުގައި ސާބިތުވެ ހުރެވެން އޮތް ބިމަކަށް ހިޖުރަކުރަން ޖެހޭނެ ކަމެވެ.
އޮނަރަބަލް ގާސިމް އިބްރާހިމް ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ