އައިލެންޑް އޭވިއޭޝަނުން 49 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި

މިދިޔަ އަހަރު އެކަނި ވެސް 2.8 މިލިއަން ރުފިޔާގެ ގެއްލުމެއްވި، އައިލެންޑް އޭވިއޭޝަނުން ހުޅުމާލޭން 49 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.އައިއޭސް އިން ގަތީ ހުޅުމާލެ 1 އިން 12،481 އަކަފޫޓުގެ ބިމެކެވެ. އެއީ އެޗްޑީސީގެ ނަމުގައި އޮތް ގޯއްޗެއް ކަމަށްވާ ބިމު ނަންބަރު 11725 އެވެ.އެއީ ހުޅުމާލެ 1 ގެ ރަށު މާރުކޭޓާ ދިމާލުން އެއްގަމުގައި، ބޮޑުމަގާ އިންވެގެން، ކަންމައްޗަކަށް ވާ ގޮތަށް އޮންނަ ބިމެވެ.ކޯޓުން ވަނީ އައިއޭސް އިން މި ބިމަށް ފައިސާ ދައްކާ ހަލާސްކޮށްފައި ވާތީ އަދި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތުމުން ބިމުގެ މިލްކުވެރިކަން އައިއޭއެސް އަށް ލިބިފައިވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ