ހަށިވިއްކުމުގެ ތުހުމަތުގައި ދިވެއްސަކާއި އެކު ހަތަރު މީހަކު ހައްޔަރަށް

ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކާއިއެކު ބޭރު ތިން އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ހިންގަމުންދިޔަ ސެލޫނެއް ބަލައިފާސްކުރުމަށްފަހު، މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކުރުމަށްފަހުގައެވެ. މި ތަން ބަލައިފާސްކުރީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. ދިވެހި ފިރިހެނަކީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އެވެ. އަދި ބޭރުގެ ތިން އަންހެނުންނަކީ ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ) ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ވަނީ ތިންދުވަހަށް ބަންދުކޮށްފައެވެ. އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ