ޕްރައިމަރީގައި 40ށް ވުރެ ގިނަ ވޯޓުފޮށި ބާތިލު ވާނެ: ނަޝީދު

ޕްރައިމަރީގައި 40ށް ވުރެ ގިނަ ވޯޓުފޮށި ބާތިލު ވާނެ ކަމަށް އެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްއަށް ނަޝީދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގަ އަސާސީ ދެ މައްސަލައެއް އެބަ ފާހަގަވާ ކަމަށާއި ފުރަތަމަ ކަމަކީ، ވޯޓު ދިނީ ވަކި ބައެއް ހިމެނޭ ގޮތަށް އުފަންކޮށްފަ އޮތް ވޯޓަރ ލިސްޓަކަށް ކަމަށެވެ. ޕާޓީގެ 39000ށް ވުރެ ގިނަ މެމްބަރުން ވޯޓަރ ލިސްޓުން އުނިކޮށް ޕާޓީންވެސް އެމީހުން ވަކި ކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ފުރަތަމަ އެމްޑީޕީގެ 39000 މެމްބަރުން ވޯޓު ލުމުގެ ހައްގުން މަހުރޫމު ކުރެވިއްޖެ. ހާއްސަގޮތެއްގަ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެނޑިޑޭޓެއް ކަނޑައެޅުމުގަ ޕާޓީގެ އެހާގިނަ އަދަދެއް މީހުން ވޯޓުގެ ހައްގުން މަހުރޫމުވެފައި އޮތްކަމީ ވަރަށް ބޮޑު މައްސަލައެއް ގޮތުގަ އިންތިހާބުގެ ތެރޭގަވެސް އަދި މިހާރުވެސް އަބަދުވެސް އަޅުގަނޑު ފާހަގަ ކުރަމުން ގެންދިޔައިން. ގެންދާނަން،" ނަޝީދު ވިދާޅުވިއެވެ.
Advertisement
ދެން އެެއަށްފަހު އުފައްދާފައިވާ  ލިސްޓަށް ވޯޓުލަމުން ދިޔައިރުގައި އަނެއްކާވެސް ވަރަށް މުހިންމު އަސާސީ މައްސަލައެއް ދިމާވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސައްހަ ވޯޓެއް ލުމުގައި ސައްހަ ލިސްޓެއް ވެސް އޮންނަން ޖެހޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
"ވޯޓުލާ ބޫތުގަ ވޯޓުލާ މަރުކަޒުގަ އެ ލިސްޓު ކުރީގަ އިއުލާނު ކޮށްފަ އޮތް ލިސްޓު އޮތުން. އެ ލިސްޓުގާ ވޯޓު ހައްގުވާ މީހުންގެ އަދަދު އިނގިފަ އޮތުން. އަދި އެ ފޮއްޓަށް އެމީހެއްގެ ވޯޓު ކަރުދާސްކޮޅު އެމީހަކަށް ދޫކުރެވި އެމީހާ އެ ފޮއްޓަށް ވޯޓު ލުން. ދެން ލިސްޓުން ކަނޑާ އަދަދާ، ފޮށީގަ ހުރި އަދަދާ ބާކީ ކަރުދާސް ހުރި އަދަދާ މި ހުރިހާ އެއްޗެއް އެބަ ޓެލީ ވާން ޖެހޭ. 53 މައްސަލައެއް އަޅުގަނޑުގެ ކެމްޕޭން ޓީމުން ހުށަހަޅައިފި ޕާޓީއަށް ވޯޓާ ގުޅޭގޮތުން،" ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ބުނެފައި އޮތް އަދަދަށްވުރެ އިތުރަށް ވޯޓު ދީފަ ހުރި ފޮށިތައް ބާތިލް ވެގެން ދާނެ ކަމަށެވެ. އަދި ވޯޓު ގަތުމުގެ ހަރަކާތާއި އެބާވަތުގެ އެތައް މައްސަލަތަކެއް އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެ މައްސަލަތައް އެހެން އެއްފަރާތުގައޖ ބޭއްވިނަމަވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށް ކުރިއަށް އިއުލާނު ކޮށްފައި އޮތް އަދަދަށްވުރެއް އިތުރަށް ވޯޓު ފޮއްޓެއްގައި ވޯޓު ހުރެއްޖެނަމަ އެ ވޯޓު ފޮށި ވާނީ ބާތިލް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެހެންވީމާ 40ހަކަށް ވުރެ ގިނަ ވޯޓުފޮށި އެބަ ބާތިލްވޭ" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ