މާލޭ ރަށްދެބައިމަގުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ރަށްދެބައިމަގުން ދުއްވާފައި ދިޔަ ސައިކަލު ޕާކުކޮށްފައި ހުރި ސައިކަލުގައި ޖެހި ކޮންޓްރޯލުނުވެ، އެރީ ގުދަނެއްގެ ދޮރަށް ކަމަށެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 00:15 ހާއިރުއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށް އެކަންޏެވެ. އޭނާގެ ސައިކަލު ކޮންޓްރޯލުނުވެ ގޮސް ޖެހުނު ގުދަނުގެ ދޮރަށް ވެސް އެކިވަރުގެ ގެއްލުންވި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާއަށް ފަހު އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ރިޕޯޓުކުރެވުނު 6,776 މައްސަލައިގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލައެެވެ. އެގޮތުން މި އަހަރު އެކްސިޑެންޓުގެ 1700 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ