ފުޑް ކާނިވަލުގެ 15 އައުޓްލެޓަކުން އެމްއައިބީ މެދުވެރިކޮށް ވިޔަފާރިކޮށްގެން ޑިސްކައުންޓް ހޯދުމުގެ ފުރުސަތު

ހުޅުމާލޭ
ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލްގެ 15 ސްޓޯލަކުން އެމްއައިބީ މެދުވެރިކޮށް ވިޔަފާރިކޮށްގެން 10 ޕަސަންޓުގެ ޑިސްކައުންޓް ލިބޭ ކެމްޕެއިނެއް ފަށައިފި އެވެ. 
އެމްއައިބީން ބުނީ މިރޭގެ ނިޔަލަށް ކުރިއަށްދާ މި ކާނިވަލުގެ 15 އައުޓްލެޓަކުން އެމްއައިބީގެ ކާޑު ނުވަތަ ވެއަރަބަލް ޕޭމަންޓް މެދުވެރިކޮށް ކުރާ ކޮންމެ ވިޔަފާރިއަކުން 10 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. 
އެ 15 އައުޓްލެޓުގެ ތެރޭގައި ހިމެނެނީ ސާދާ އެންޓަޓެއިންމަންޓް، ހަބް ޝޯރޫމް، ހޮރޯ ހައުސް، އައިއްޓޭ ސީފުޑް، މެލްޓްސް، ކްލަބް 99 ބޮނޑިބަތް، އައިލެންޑް ފްލޭވަރސް، މަމަކް، ސޫޝީ ސްނެޕް، ބުރުޒު ޕޭސްޓްރީ، ޝަވަރމާޝީ، ސޯސްޑް އަޕް ބައި ލޫސީސް، ބެޓޮއިޑް ލޮޖިސްޓިކްސް، މާސް ކެރަމެލް، އަދި ޕެޓިސް އެވެ. 
މީގެއިތުރުން އެމްއައިބީ ޓްރިވިއާ ކުއިޒްގައި
ބައިވެރިވެގެން "ފައިސާވެއާ" ރިންގެއް ހޯދުމުގެ ފުރުސަތު ލިބެ އެވެ. އެ ފުރުސަތު ލިބެނީ މި ކުއިޒްގައި ބޭންކިންއާ ގުޅޭގޮތުން އަހާ ފަސް ސުވާލުގެ ތެރެއިން ތިން ސުވާލަށް ރަނގަޅު ޖަވާބުދޭ މީހަކަށެވެ.
ފުޑް ކާނިވަލްގައި އެމްއައިބީގެ ސްޓޯލެއެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. އެ ސްޓޯލްއިން އެމްއައިބީން ދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ