ބުރިޖުގެ ދެކުނު ފަޅި މިއަދު ހަވީރު ބަންދު

ސިނަމާލެ ބުރިޖުގެ ދެކުނު ފަޅި (ހުޅުމާލެ އިން މާލެ އަށް ދަތުރު ކުރާ ފަޅި) މިއަދު ހަވީރު ބަންދު ވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު މެންދުރު ފަހު 15:00 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ސިނަމާލެ ބުރިޖުގެ ދެކުނު ފަޅި އާންމު އެއްގަމު ދަތުރުފަތުރަށް ބަންދު ވާނެ ކަމަށެވެ.
އަދި ބުރިޖުގެ އުތުރު ފަޅީގެ ދެލޭންގެ ތެރެއިން އެއް ލޭން ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ އުޅަނދުތަކަށް ހާއްސަ ކުރެވިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިއަދު ހަވީރު ސިނަމާލެ ބުރިޖުގެ ދެކުނު ފަޅި ބަންދުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ އުފާ ފާޅުކުރަން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދުވުމުގެ ހަރަކާތްތައް ފުރުސަތު ދިނުމަށެވެ.
މިދުވުން މާލެ އިން ފަށައިގެން ހުޅުމާލެ އަށް ދިއުމަށް ފަހު އެނބުރި އައިސް ނިންމާނީ އަނެއްކާވެސް މާލެ އަށެވެ.
ދުވުމުގެ އިތުރުން އިތުރު ކުޅިވަރު ހަރަކާތްތައް ވެސް މިއަދު މާލޭގައި ކުރިއަށް ދާނެއެވެ. އެހަރަކާތްތަކުގައި ރައީސް ސޯލިހްގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ކުރީގެ ރައީސުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ