ދެއަހަރު ނުވާ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ކާފައާއި މުނިކާފައަށް ދައުވާ ކޮށްފި
        ގއ. ކަނޑުހުޅުދޫގައި އުމުރުން ދެހަރު ނުވާ ކުޑަ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ތުހުމަތުމަތު ކުރެވެ އެ ކުއްޖާގެ ކާފައާއި މުނި ކާފަށް ދައުވާ ކޮށްފިއެވެ. ޕްރޮސެކުއުޓާ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށް، ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި އެ ކުޑަ ކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރި ކަމަށް އަދި މިހާތަނަށް ޕީޖީންވެސް އަދި ފުލުހުންވެސް ހާމައެއް ނުކުރެއެވެ. ތަފްސީލު އަންނަނީ...
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            