ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް މި ސަަރުކާރަށް ކުރައްވަމުންގެންދެވި ތާއީދު އަނބުރާ ގެންދެވުމަށް ނިންމެވުމާއި ގުޅިގެން ޕީޕީއެމްގެ މުހިންމު ވައިބާ ގުރޫޕްތަކުން އެމަނިކުފާނު ބޭރުކޮށްލައިފި އެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންވެސް ވަނީ އެކަން ޔަގީންކޮށްދެއްވާފައެވެ.
އެ މެންބަރުން ވިދާޅުވީ ރައީސް މަައުމޫން ޕީޕީއެެމްގެ ޕީޖީ ގުރޫޕްތަކުން ބޭރުކުރައްވާފައިވަނީ ރޭގެ ވަގުތެއްގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ސަރުކާރަށް ކުރައްވާފައިވާ ތާއީދު އަނބުރާ ގެންދެވުމަށް ނިންމެވުމާއި ގުޅިގެން ކަމަށެވެ.
ރައީސް މައުމޫން ވަނީ ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތަށްކަމެއް ތަކްރާރްކޮށް ހިނގަމުންދާކަަމަށް ވިދާޅުވެ އެކަންކަމުގެ ޒިންމާ އެމަނިކްފާނު އުފުލުއްވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ ސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައެވެ. އަދި ކުރިއަށް އޮތްތާވެސް މި ސަރުކާރަށް ދެން އެމަނިކްފާނު ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވި އެވެ.
ރަައީސް މައުމޫން މިކަން އިއުލާން ކުރެއްވުމާއި ގުޅިގެން ޕީޕީއެމްގެ މުހިންމު ވައިބަރު ގުރޫޕްތަކުން އެމަނިކްފާނު ބޭރުކުރެއްވުމަށްފަހު ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ވައިބަރު ގުރޫޕްތަކުގައި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް މައުމޫންގެ އިތުރަށް އެމަނިކްފާނުގެ ވިސްނުމަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުނާއި ޕީޕީއެމްގެ އިސް ބޭފުޅުންވެސް މިހާރު ވަނީ ވައިބަރު ގުރޫޕްތަކުން ބޭރުކުރައްވާފަައެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ދިއްދޫ ދާއިރާގެ މެންބަރު އަބުދުލްލަތީފު މުހައްމަދު ވަނީ ޕީޕީއެމްގެ ވަައިބަރު ގުރޫޕުން ބޭރުކުރައްވާފައެވެ.
ސައުދުއާއި މެންބަރު ލަތީފަކީ އިއްޔެ ބޭއްވި ރައީސް މައުމޫން ފަޅީގެ ނޫސްވެރިންގެެ ބައްދަލްވުމުގައި އަލަށް ބައިވެރިވެވަޑައިގެން ދެ މެންބަރުންނެވެ.
މީގެ ކުރިން ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ހިމެނޭ ރައީސް މައުމޫނަށް ތާއީދުކުރައްވާ އިތުުރު 6 މެންބަރަކުވެސް ވަނީ ޕީޕީއެމްްގެ މުހިންމު ވައިބަރު ގުރޫޕްތަކުން ބޭރުކޮށްލާފައެވެ.
ޕީޕީއެމްގެ މުހިންމު ވައިބާ ގުރޫޕްތަކުން މައުމޫން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ