މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ގ. ކެނެރީގެ މުޙައްމަދު ނަޝީދު އާއި، ޏ.ފުވައްމުލައް، ދޫޑިގަން، އީސްޓުލައިޓް، ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު އާއި، ކ.މާލެ، އެވަރލާސްޓް، އަކްރަމް ކަމާލުއްދީން ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފިއެވެ.
ފުލުހުން ބުނެފައިވަނީ މި 3 މީހުންގެ ތެރެއިން ގ. ކެނެރީގެ މުޙައްމަދު ނަޝީދު ހައްޔަރު ކުރުމުގެ އަމުރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދާފައިވަނީ އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ، 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިފާހަގަ ކޮށްފައިވާ 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މައްސަލައިގެ ތަޙްޤީޤަށާއި، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ބޭސްފަރުވާ އަށްކަމަށް ބުނެ ރާއްޖެއިން ބޭރަށްގޮސް، ޙުކުމް ތަންފީޒް ކުރުމާ ދެކޮޅު ހަދައި، އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ޖަލުހުކުމް ތަންފީޒް ކުރަން ފިލައިގެން އުޅޭތީ ހައްޔަރު ކޮށްގެންވެސް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައި ވާތީކަމަށެވެ.
މި 3 މީހުންގެ ތެރެއިން ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުއާއި، އަކްރަމް ކަމާލުއްދީން ހައްޔަރުކުރަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޯޓު އަމުރު ހޯދާފައިވަނީ އެ 2 މީހުން ތަޙްޤީޤަށް ހާޟިރު ކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް ރާއްޖެއިން ބޭރުގައި ތިބުމުގެ ސަބަބުން ޗިޓް ހަވާލުކުރެވިފައިނުވުމުގެ އިތުރުން ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަޙްޤީޤަށް ޖަވާބުދާރީވެ ދިފާޢުގައި ވާހަކަދެއްކުމަށް 2016 އޮގަސްޓް 4 ވަނަ ދުވަހުން ފެށިގެން ދިން 14 ދުވަހުގެ މުއްދަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ 2 މީހުންކުރެ މީހަކު ހާޒިރުވެފައި ނުވާތީ އާއި ހާޒިރު ނުވެވޭ ސަބަބެއްވެސް އަންގާފައި ނުވާތީ ތަޙްޤީޤު ފުރިހަމަ ކުރުމަށްކަމަށް ފުލުހުންބުނެފައިވެއެވެ.
ރައީސް ނަޝީދު އާއި ޖަމީލް އަދި އަކްރަމް ހައްޔަރު ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ