އެމްޑީޕީ މެމްބަރުން ރައީސް ނަޝީދުގެ އިގްތިސާދީ ސިޔާސަތުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ: މެމްބަރު ފަލާޙް

އެމްޑީޕީ މެމްބަރުން ރައީސް ނަޝީދުގެ އިގްތިސާދީ ސިޔާސަތުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ތެލުގެ އަގު ސުން އިންސަތަ އަށް ތިރި ކުރި ވާހަކަ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ހޯމަ ދުވަހު މަޖިލީހުގައި ދެއްކެވުމާއި ގުޅިގެން މެމްބަރު ފަލާހް ވިދާޅުވީ އެމްޑީޕީ މެމްބަރުން ރައީސް ނަޝީދުގެ އިގްތިސާދީ ސިޔާސަތުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށެވެ.ފަލާހް މިހެން ވިދާޅުވެފައި ވަނީ ނަޝީދުގެ ސަރުކާރުގައި ތަލުގެ ބާވަތްތަކުގެ ޑިއުޓީ ސުން ރޭޓް އަށް ކުޑަކުރުމާއި އެކު އޭރު ސިވިލް ސާރވަންޓުންގެ މުސާރަޔާއި އިނާޔަތް ތައް އިންތިހާއަށް ކުޑަކޮށް ރައްޔީތުންނަށް އެކަމުގެ އުނދަގޫތައް އޭރު ކުރިމަތިވުމާއި ގުޅިގެނެވެ. ފަލާހް ވަނީ ނަޝީދުގެ އަމަލްތަކުގެ ސަބަބުން ބަނޑަށް ޖެހުނީ ކިތައް ރައްޔީތުންތޯ ސުވާލް އުފައްދާފައެވެ.ފަލާޙް ވިދާޅުވި ގޮތުގައި، ނަޝީދުގެ ސަރުކާރު ފެއިލް ވުމުގެ އެންމެ މައިގަނޑު ސަބަބަކީވެސް އެމަނިކްފާންގެ އިގްތިސާދީ ސިޔާސަތް ދޯހަޅި ވުމުން ކަމަށެވެ. އެގޮތުން ނަޝީދުގެ ސަރުކާރުގައި ގިނަ އަދަދެއްގެ އޮޑި ދޯނި ފަހަރު ބަނދެ އާމްދަނީ ހޯދަމުން ދާ ރަށެއް ކަމުގައިވާ އިންނަމާދޫ ގައި ބަންނާނެ އޯޑި ދޯނި ފަހަރެއް ނުލިބި އެ ރަށުގެ ރައްޔީތުން އެހެނިހެން މަސައަކަތް ކުރަން ޖެހުން ކަމަށް ފަލާހަ ވިދާޅުވިއެވެ.ފަލާހް ވިދާލުވިގޮތުގައި މިހާރު ރައްޔީތުންނަށް އޮޅުވާ ނުލެވޭނެ ކަމަށާއި، ރައްޔީތުންނަށް ސާފުކޮށް މަންޒަރު ފެންނަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ