މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަަދަ ތަނބު ކަަމަށް ވިދާޅުވެ، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.
ބ. އޭދަފުށީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން އެހެން ގައުމުތަކުން މީހުން ގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ މައްސަލަތައް ވަރަށް ސާފު ކަމަށާއި އެކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަކީ ވަގުތު ނަގާލުން ކަމަށެވެ. މީގެ އިތުރުން ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ. .
Mashwarā kurumakī isrāfeh nūn. Eī democracy ge emme varugadha than’bu. Mashwarā kurumuge muhimmukan Kīrithi Qur’an gai varah sāfukoh bayān kuravvāfai vē.— Maumoon Abdul Gayoom (@maumoonagayoom) December 26, 2017
މަޝްވަރާއާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓްވީޓްއެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ އަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މުހިއްމުކަން ވެސް ކީރިތި ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
Miahvure ginain mashvaraa kuri sarukaareh noannaane: Raees yameen
Mihaaru
ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ ކުރާނެ މަޝްވަރާއެއް ނެތަސް، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މިއަށް ވުރެ ގިނައިން މަަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުގެ ކެބިނެޓު ބައްދަލުވުންތައް ކޮންމެ ހަފުތާއަކު އޮންނައިރު، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މަޖިލިސް މެމްބަރުންނާ ވެސް މަޝްވަރާތައް ކޮށްފައި ހުންނާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން ބޭރުން މީހުން ގެންނަން ނުޖެހޭ ކަމަށް ރައީސް އިއްޔެ ވިދާޅުވިއިރު، ރާއްޖެ އާއި އިންޑިއާގެ ދެމެދު މަސްރަހު ފިނިކުރަން އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫހަކުން ވަނީ ބުނެފަ އެވެ.
މަޝްވަރާކުރުމަކީ އިސްރާފެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް، މައުމޫން ރައްދުދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ