ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްވާނެ

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރު އުތުރާ މެދުރާއްޖޭ ތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނީ މިރެއާއި މާދަމާ މެންދުރުފަހާ ހަމައަށް އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެކަމަށާއި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށެވެ.
އެއިދާރާގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، މެދުރާއްޖެތެރެއަށް ކުރިއަށް އޮތް 48 ގަޑިއިރު ވިއްސާރަ ކުރާނެ ކަމަށާއި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަސްތެރޭ މެދުރާއްޖެތެރެއާއި ދެކުނަށްވެސް މޫސުން ދާނީ ރަނގަޅުވަމުން ކަމަށް އެ އިދާރީ ބުންޏެވެ.
ނަމަވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ރާޅުގެ އުސްމިނުގައި 4-6 ފޫޓު އުޅޭނެކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް ވިލާގަނޑުގައި 35 މޭލާ 40 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށާއި އެހެންކަމުން އުތުރާ މެދު ރާއްޖެތެރެއަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ