ގދ.އަތޮޅު ކައުންސިލްގެ މެމްބަރު ޝާމިހު އިސްތިއުފާ ދެއްވައިފި

ގދ.އަތޮޅު ކައުންސިލުގެ މެމްބަރު މުހައްމަދު ޝާމިހު ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝާމިހު ކައުންސިލު މެމްބަރު ކަމުން އިސްތިއުފާ ދެއްވިކަން ގދ.އަތޮޅު ކައުންސިލުގެ ރައީސް ވެސް ސީއެންއެމަށް ކަށަވަރުކޮށްދެއެވެ. ނަމަވެސް ޝާމިހުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާމިހު އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ މަގާމަކަށް ވަޑައިގެންނެވުމައްޓަކައެވެ.
ޑީއާރުޕީގެ ޓިކެޓުގައި ވާދަކޮށް އަތޮޅު ކައުނސިލުގެ ގައްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޝާމިހަކީ ގިނަ ދުވަސްތަކެއް ވަންދެން ދިވެހި މުދައްރިސުކަން ކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ