އަބްދުﷲ ޤާސިމް މަރުވި މައްސަލައިގެ ވީޑިއޯ އާއްމުވެއްޖެ

މިއަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު ދެ މީހަކު ދުއްވި ސައިކަލް އެކްސިޑެންޓްވެ ސ ހިތަދޫ ރަންފުސްގޭ އަބްދުﷲ ގާސިމް އިބްރާހީމް މަރުވި މައްސަލަޔާއި ގުޅުންހުރި ވީޑިއޯއެއް ޔޫޓިއުބްގައި އާއްމުވެއްޖެއެވެ.
ޤާސިމް މަރުވީ ސްރީ ލަންކާގެ ނަވޮލޯކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އާއްމުވި އެއް މިނިޓް 12 ސިކުންތުގެ ވީޑިއޯގައި ފެންނަނީ ފޭރުނު ދެމީހުން ބާރު ސްޕީޑްގައި ސައިކަލު ދުއްވަމުން އަންނާތީ ޤާސިމް ޖަސްޓިސްބިލްޑިގ ކައިރީ މަޑުކޮށްލިތަނެވެ.
އަދި ސައިކަލުގައި ދިޔަ ދެމީހުން ހުއްޓުވުމަށް އެސަރަހައްދުގައިހުރި ފުލުހަކު އެމީހުންނަށް މުގުރުން ހަމަލާދިންތައް ފެނެއެވެ. އަދި އެއާއި އެކު ދެ މީހުން ދިއްވި ސައިކަލުގޮސް މަޑުކޮށްލައިގެން އިން ޤާސިމްގެ ސައިކަލުގައިޖެހި ދުރައް ވިއްސައިގެން ދިޔަތަން އާއްމުވި ވީޑިއޯއިންފެނެއެވެ.
މި އެކްސިޑެންޓްގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ޤާސިމްގެ އާއިލާއިންވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށާއަޅާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ފުލުހުން ވެސް ތަހުގީގުކުރަމުން ގެންދާކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ