ވެބްކެމް ވީޑިއޯ މައްސަލާގައި މެމްބަރު ޝިފާޒުއާ ސުވާލުކޮށްފި

މުޙައްމަދު ޖިނާޙް އަލީ
ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޒުގެ ލީކުވެފައިވާ ވެބްކެމް ވީޑިއޯއާގުޅޭ ގޮތުން ފުލުހުން އޭނާއާ ސުވާލުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވިދާޅުވީ އެމައްސަލާގައި މެމްބަރު ޝިފާޒުއާއި ސުވާލުކުރި ނަމަވެސް އަދިވެސް އެމައްސަލަ ތަހުޤީޤުކޮށް ނުނިމޭކަމަށާއި އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވުމާއިމެދު ގޮތެއް ނިންމާނީ ތަހުޤީޤު ނިމުމުންކަމަށެވެ. އެމް.ޑީ.ޕީ. އަށް ނިސްބަތްވަޑައިގަންނަވާ މެމްބަރު ޝިފާޒުގެ ވެބްކެމް ވީޑިއޯއެއް ލީކުވި ނަމަވެސް އެވީޑިއޯގައި އޭނާގެ އެއްވެސް ބަރަހަނާ މަންޒަރެއް ނުފެންނަކަމަށްވެއެވެ.
ކުރީ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ ބަރަހަނާ މަންޒަރުތައް ދައްކުވާދޭ ވެބްކެމް ވީޑިއޯތަކެއް ވަނީ މީގެ ކުރިން ލީކުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ