މަޖިލީހުގެ ރައީސްކަމަށް ހޮވިއްޖެނަމަ ރައްޔިތުން އުފާކޮށްދޭނަން - ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ދިވެހި ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް މަސައްކަތްތައް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އެމަޤާމަށް ކުރިމަތިލައްވަން ނިންމަވާފައި ވާ، ޖުމްހޫރީ ޕާޓީގެ ބާނީ އަދި ރައްޔިތުންގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެެއްޖެއެވެ.
ގާސިމް އަށް މަޖިލީހުގެ ރައީސްކަން ދިނުމަށް އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުން ނިންމެވުމާއި ގުޅިގެން ނޫސްވެރިންނާއި ވާހަކަދައްވަމުން އޭނާ ވިދާޅުވީ، ޔަގީން ކުރަނީ އޭނާ މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވޭނެކަމަށް ކަމަށާއި، އަދި ދިވެހި ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް އިންސާފުވެރިކަމާއެކު ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، ހަމަތަކާއި، އިންތަކުގެ ތެރެއިން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ފެއްޓީމާ ތިބޭފުޅުން ބައްލަވަން ތިއްބަވާށޭ. އަޕްޑޭޓް އިންފޮމޭޝަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ނޫސްވެރިންނަށް ރައްދުކޮށްދެއްވަމުން ގެންދަވާނަމޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމްއަށް މަޖިލީހުގެ ރައީސްކަން ދިނުމަށް ފާސްކޮށްފައި ވަނީ ޖޭޕީގެ ޖަގަހަ، މ. ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ. ގާސިމްގެ އިތުރުން، މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.
މަސީހު މަގާމުން ދުރުކުރުމުގެ މައްސަލަ، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ މަހުގެ އަށްވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކުރިއިރު، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ