ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ސިޓީ ކައުންސިލުތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ މުސާރަ ކުޑަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ފޮނުވި ސާކިއުލާގައިވާ ގޮތުން، އެ ކޮމިޓީތަކުގެ ރައީސުންނަށް ލިބޭ މުސާރަ ކައުންސިލަރުނާއި ކައުންސިލުތަކުގެ ރައީސުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ބޮޑެވެ.
އޭގައިވާ ގޮތުން:
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 41،500ރ. (އަސާސީ މުސާރަ 33،000ރ. އަދި ލިވިން އެލަވަންސް 8،500ރ.)
ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 21،000ރ. (އަސާސީ މުސާރަ 16،500ރ. އަދި ލިވިން އެލަވަންސް 4،500ރ.)
ތަފްސީލް - މިހާ ބޮޑު މުސާރައެއް ދޭތީ އާންމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އޭގެ ފަހުން އިއްޔެ ފޮނުވި އެެހެން ސާކިއުލާއެއްގައި ވަނީ:
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކޮށްފައި
އެއީ އަސާސީ މުސާރައަށް 24،500ރ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 8،500ރ.
އެކަމަކު، ރަށްރަށުގެ ޑަބްލިއުޑީސީގެ ރައީސުންގެ މުސާރައަށް ބަދަލެެއް ގެނެސްފައެއް ނުވެ އެވެ.
ނިމިދިޔަ ކައުންސިލުތަކުގެ ދައުރުގައި ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 7،000ރ. އަދި ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 6،000ރ. އެވެ.
ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ