އީރާނުގައި މުއްސަނދިކޮށްފައި ހުރި ޔުރޭނިއަމް އެ ގައުމުން ބޭރު ނުކުރުމަށް އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީ އަމުރުކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނަށް ޔުރޭނިއަމް ގެންގުޅުމުގެ ފުރުސަތެއް ނުދޭނެ ކަމަށެވެ. އެމެރިކާއިން އެ ތަކެތި އަތުލުމަށްފަހު ނައްތާލާނެ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ އީރާނުން ޔުރޭނިއަމް ބޭރުކޮށް، މިސައިލް ޕްރޮގްރާމް ހުއްޓާލުމުން ނޫނީ ހަނގުރާމަ ނިމުނު ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ވިދާޅުވަނީ ޔުރޭނިއަމްތައް ގައުމުން ބޭރުކޮށްފިނަމަ، އެމެރިކާ އާއި އިސްރާއީލުން ކުރިމަތިވެދާނެ ހަމަލާއަކުން ސަލާމަތްވުމަށް އީރާނަށް އޮތް ފުރުސަތު ހަނިވާނެ ކަމަށެވެ. އީރާނުގެ ގިނަ ވެރިން ގަބޫލުކުރާ ގޮތުގައި ޔުރޭނިއަމް ބޭރުކުރުމަކީ ގައުމުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު ހަނގުރާމައިގައި މިހާރު އޮތީ ނާޒުކު ސުލްހައެކެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މަޝްވަރާތަކުގައި ވެސް، ޔުރޭނިއަމްގެ މައްސަލައިގައި ދެ ފަރާތުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އީރާނުގެ އިސް މަޝްވަރާވެރިޔާ ގާލީބާފް ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ކުރަނީ އަލުން ހަމަލާދިނުމުގެ ކުރިން ވަގުތު ހޯދުމަށެވެ.
ޔުރޭނިއަމް ގައުމުން ބޭރުކުރުމުގެ ބަދަލުގައި، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން އެ ތަކެތި ދިޔާކޮށް، އޭގެ ފެންވަރު ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް އީރާނުގެ މަސްދަރަކުން ބުންޏެވެ. ނަމަވެސް ޓްރަމްޕް ވަނީ އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފިނަމަ އިތުރު ހަމަލާތަކެއް ދޭން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ ޔުރޭނިއަމް ގައުމުން ބޭރު ނުކުރެވޭނެ: ޚާމަނާއީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ