މި ސަރުކާރުގެ ދައުރުގެ މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތް މާ ބޮޑަށްވެސް ހަރުދަނާއެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ދެ އަހަރާއި ބައިގެ މުއްދަތުގައި ޑީޕޯޓުކުރީ 2،600 ބިދޭސީން ކަމަށާއި، ނަމަވެސް މި ސަރުކާރުގެ މިހާތަނަށް 12،193 މީހުން ޑީޕޯޓުކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވައިގެން، އެކުވެރި ޢަރަބި އެމިރޭތްސްއާއި ސިންގަޕޫރު ފިޔަވައި، އިތުރު އެއްވެސް ގައުމެއްގައި މިހާތަނަށް 99 އިންސައްތަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައި ނުވާ ކަމަށެވެ. މިއީ ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދައުރުގެ މިހާތަނަށް 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ