މީގެ އިތުރުން ނައިބު ރައީސުންނާއި މެންބަރުންގެ މުސާރައަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ސިޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް އަދި ރަށްރަށުގެ ނައިބު ރައީސުންގެ މުސާރަ 6،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މެންބަރުންގެ މުސާރައަށް ބަލާއިރު، ސިޓީތަކުގެ މެންބަރުންނަށް 6،000 ރުފިޔާ އަދި ރަށްރަށުގެ މެންބަރުންނަށް 5،000 ރުފިޔާ ލިބޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފައިވެއެވެ.
މުސާރައިގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކައުންސިލްގެ ބަޖެޓުން މީގެކުރިން ދެމުންދިޔަ ފަސް އިންސައްތަ ވަނީ 10 އިންސައްތައަށް އިތުރުކޮށްފައެވެ. އަދި ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސަކީ ކޮމިޓީގެ ބަޖެޓުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުން ހަމަޖައްސާ އެލަވަންސެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކުރާ މި ކޮމިޓީތަކަކީ ފަސް އަހަރުގެ ދައުރަކަށް، ރަށުގެ ތަރައްޤީއަށް ކައުންސިލްތަކަށް ލަފާދިނުމަށާއި މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ފަރާތްތަކެކެވެ. މުސާރަ ކުޑަވުމުގެ ކަންބޮޑުވުމަށް މި ބަދަލާއެކު ހައްލެއް ލިބިގެންދާނެއެވެ.
އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރަ މުރާޖައާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ