ބެލަރޫސް އެއާލައިންގެ ދަތުރުތައް ރާއްޖެ ނޫން މަންޒިލަކަށް ބަދަލުކުރުމާއެކު ކަންބޮޑުވުން: "ފުރުސަތުތައް ގެއްލުވައި ނުލާ!"
ބެލަރޫސްގެ އެއާލައިނެއް ކަމަށްވާ 'ބެލަވިއާ އެއާލައިންސް' އޮޕަރޭޝަން ރާއްޖެއަށް ނާންނަ ގޮތަށް ނިންމައި، އެހެން މަންޒިލަކަށް ދަތުރުތައް ބަދަލުކުރުމާއެކު، އެފަދަ ފުރުސަތުތައް ގެއްލުވައިނުލާން އެދިވަޑައިގެން އިނަ މޯލްޑިވްސްގެ ވެރިޔާ އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާގު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ފިރާގު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބެލަރޫސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް އެ އެއާލައިނާއެކު މަޝްވަރާ ކުރަމުންދިޔަ ޓުއާ އޮޕަރޭޓަރު، މި ހޫނު މޫސުމުގައި ރާއްޖެއަށް ދަތުރުތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތުން މިގޮތަށް ނިންމީ ރާއްޖެއަށްވުރެ ރަނގަޅު ހުށަހެޅުމެއް އެހެން މާކެޓަކުން ލިބުމާ ގުޅިގެން ކަމަށް ފިރާގު ވިދާޅުވިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައިރު، މިފަދަ އެއާލައިން އޮޕަރޭޝަންތަކުގެ ތަޖުރިބާ މަދު، ރާއްޖޭގެ މެޑިކަލް ޑޮކްޓަރެއް އިސްކޮށް ހުންނަވައިގެން ބެލަރޫސްގައި ދެ ހަފުތާ ވަންދެން މަޝްވަރާތަކެއް ކުރެއްވިކަން ވަނީ ހާމަވެފައެވެ. ނަމަވެސް އެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނިކުމެ، ފުރުސަތު މިވަނީ ގެއްލިފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ފިރާގު ވިދާޅުވީ މިފަދަ ފުރުސަތުތައް ގެއްލުނަ ނުދީ، ކުރިއަށް އޮތް ތަނުގައި ލިބޭނެ އިތުރު ފުރުސަތުތަކަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގެ ރޫޓުތަކުން ކަމަށްވާއިރު، އޭރުން ފެށިގެން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަދުވަމުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައެއްހާ މަދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކައިފައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ