ރަށްރަށް ވެސް ހިމެނޭ ގޮތަށް، އަންހެނުންގެ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕޭ ކޮމިޝަނުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ މުސާރަ މިދިޔަ ބުދަ ދުވަހު ކަނޑައަޅައި ފޮނުވިއިރު، ކައުންސިލުތަކުގެ ކައުންސިލުތަކުގެ ރައީސުންނާއި ކައުންސިލަރުންނަަށް ލިބޭ މުސާރައަށް ވުރެ ވެސް ބޮޑެވެ.
އެކަމަށް ފާޑުކިއުން ބޮޑުވުމުން، ދެ ފަަހަރެއްގެ މަތިން މުސާރައަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން:
ފުރަތަމަ ފޮނުވި ސާކިއުލާގައިވާ ގޮތުން، ސިޓީތަކުގެ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 41،500ރ.
ރަށްރަށުގައި ތިބޭ ޑަބްލިއުޑީސީތަކުގެ ރައީސުންގެ މުސާރައަކީ 21،000ރ.
ފާޑުކިއުންތަކާ އެކު ޑަބްލިއުޑީސީގެ ސިޓީތަކުގެ ރައީސުންގެ މުސާރަ 33،000ރ.އަށް ކުޑަކުރި؛ އެކަމަކު މި ކޮމިޓީތަކުގެ ރަށު ރައީސުންގެ މުސާރައަށް ބަދަލެއް ނުގެނޭ
ތަފްސީލް - މިއަދު އަނެއްކާވެސް މުސާރައަށް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. މިފަަހަރު ގެނައި ބަދަލުގައި، ރަށު ކޮމިޓީތަކުގެ ރައީސުންގެ މުސާރައިން ވެސް ބޮޑު އެެއްޗެއް ވަނީ އުނިކޮށްފަ އެވެ. އެގޮތުން، މިހާރު ގެނެސްފައިވާ ބަދަލަކީ:
ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 20،000ރ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް މަހަކު 15،000ރ.
އެހެން މެމްބަރުންގެ މުސާރައަށް މިފަހަރު ވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް ޑަބްލިއުޑީސީތަކުގެ މެންބަރުންގެ މުސާރައަކީ:
ސިޓީތަކުގެ ޑަބްލިއުޑީސީ މެންބަރުންނަށް 6،000ރ. އަދި ނައިބު ރައީސުންނަށް 7،000ރ.
ރަށްރަށުގެ ޑަބްލިއުޑީސީ މެންބަރުންނަށް 5000ރ. އަދި ނައިބު ރައީސުންނަށް 6000ރ.
އެނގުން މުހިންމު - ނިމިދިޔަ ކައުންސިލުތަކުގެ ދައުރުގައި ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 7،000ރ. އަދި ރަށްތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 6،000ރ. އެވެ.
ޑަބްލިއުޑީސީ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކޮށްފި: ސިޓީއަށް 20،000ރ.؛ ރަށަށް 15،000ރ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ