ފަހުގެ ފީޗާތައް ހިމެނޭ 'ވަން ޔޫއައި 8.5'، އެސް23 އާއި އިތުރު ފޯނުތަކަށް
ސެމްސަންގުން އެންޑްރޮއިޑް 16 ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ 'ވަން ޔޫއައި 8.5'ގެ ސްޓޭބަލް އަޕްޑޭޓް، އެ ކުންފުނީގެ ކުރީގެ ބައެއް ފްލެގްޝިޕް ފޯނުތަކާއި ޓެބްލެޓްތަކަށް ދޫކުރަން ފަށައިފިއެވެ. މި މަހުގެ ކުރީކޮޅު ދެކުނު ކޮރެއާއަށް އެކަނި ނެރުނު މި އަޕްޑޭޓް، މިހާރު ދުނިޔޭގެ އެހެން މާކެޓްތަކަށް ވެސް ދޫކުރަން ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ ޓެކް ޚަބަރުތަކުން ވަނީ ހާމަކޮށްފައެވެ. މި ފަހަރުގެ އަޕްޑޭޓް ލިބޭ ޑިވައިސްތަކުގެ ތެރޭގައި ސެމްސަންގް ގެލެކްސީ އެސް24 ސީރީޒް، އެސް23 ސީރީޒް، އަދި މެދުފަންތީގެ ފޯނުތަކެއް ކަމަށްވާ ގެލެކްސީ އޭ56 އާއި އޭ36 ހިމެނެއެވެ. މީގެ އިތުރުން ގެލެކްސީ ޓެބް އެސް11 ސީރީޒްގެ ޓެބްލެޓްތަކަށް ވެސް މި އަޕްޑޭޓް މިހާރު ދަނީ ލިބެމުންނެވެ. https://x.com/tarunvats33/status/2057424793406943705 އިންޑިއާގެ މާކެޓްގައި ގެލެކްސީ އެސް23 ފޯނުތަކަށް މިހާރު ލިބޭ މި އަޕްޑޭޓަކީ ގާތްގަނޑަކަށް ހަތަރު ޖީބީގެ ސައިޒެއް ހުރި އަޕްޑޭޓެކެވެ. އަދި، ދެކުނު ކޮރެއާގެ ސާވަރުތަކުން ފެނިފައިވާ ގޮތުގައި، ގެލެކްސީ ޓެބް އެސް10 އެފްއީ އަށްވެސް މި އަޕްޑޭޓްގެ ޓެސްޓް ބިލްޑްތައް އަޕްލޯޑްކޮށްފައިވާތީ، ވަރަށް އަވަހަށް އެ ޓެބްލެޓަށް ވެސް އަޕްޑޭޓް ލިބޭނެ ކަމަށް ބެލެވެއެވެ. https://sun.mv/221856 މި އަޕްޑޭޓާ އެކު ސެމްސަންގްގެ އެންމެ ފަހުގެ 'ގެލެކްސީ އެސް26' ސީރީޒްއިން އަލަށް ތައާރަފުކުރި ގިނަ އަދަދެއްގެ އޭއައި (ގެލެކްސީ އޭއައި) ފީޗާތައް ކުރީގެ ފޯނުތަކަށް ލިބޭނެއެވެ. އޭގެ ތެރޭގައި ކޯލް ސްކްރީނިންގް، އެޖެންޓިކް އޭއައި، ކުރިއޭޓިވް ސްޓޫޑިއޯ، މެދުކެނޑުމެއްނެތި އޭއައި އިމޭޖް އުފެއްދުން، އަދި އަޕްޑޭޓް ކުރެވިފައިވާ އޯޑިއޯ އިރޭޒާ ފަދަ ޒަމާނީ ފީޗާތައް ހިމެނެއެވެ. މި އަޕްޑޭޓް ލިބޭ ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް އޮޓޮމެޓިކުން ނޮޓިފިކޭޝަން ލިބޭނެއެވެ. ނަމަވެސް، ފޯނުގެ ސެޓިންގްސްއަށް ގޮސް، ސޮފްޓްވެއާ އަޕްޑޭޓްގެ ތެރެއިން މެނުއަލްކޮށް ވެސް އަޕްޑޭޓް ހުރިތޯ ޗެކްކޮށްލެވޭނެއެވެ. އަޕްޑޭޓް ކުރާއިރު ފޯނު ޗާޖަށް ޖަހާފައި ބެހެއްޓުމަށާއި، ބާރުގަދަ ވައިފައި ނެޓްވޯކެއް ބޭނުންކުރުމަށް ކަމާބެހޭ މާހިރުން ލަފާދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ