ދިފާޢީ ދައިރާއިން ގުޅުން ބަދަހިކުރުމަށް އިނގިރޭސި ސަރުކާރާއެކު މަޝްވަރާކޮށްފި

ދިފާޢީ ދައިރާއިން ރާއްޖެއާއި އިނގިރޭސިވިލާތާއި ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިންގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯވ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފައިވެއެވެ. ބައްދަލުވުމުގައި ވަޒީރު ހަސަން ރަޝީދު ވަނީ އިނގިރޭސިވިލާތުން ރާއްޖޭގެ ދިފާޢީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހި އަސްކަރީއްޔާގެ ޤަބިލީއްޔަތުކަން އިތުރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒަކެވެ. އެގޮތުން އިނގިރޭސި ސަރުކާރު ހިމެނޭހެން އެކި ޤައުމުތަކާއެކު ދިވެހި އަސްކަރީއްޔާ ތަފާތު ތަމްރީނުތައް ފުރިހަމަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ