ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - އިދިކޮޅު ކުޅުންތެރިންނާ ވާހަކަ ދައްކާއިރު އަނގަމަތީގައި އަތްއަޅައިގެން ހުރެ އެކަން ކުރުމުން ރަތް ކާޑު ދައްކާ ގޮތަށް ގަވާއިދަށް ގެނައި ބަދަލާ އެއްގޮތަށް ރޭ ގާނާއާ ދެކޮޅަށް އިންްގްލެންޑުން ކުޅުނު މެޗުގައި އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަށް ރަތް ކާޑު ނުދެއްކި ސަބަބު ފީފާ އިން ސާފުކޮށްދީފި އެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން، ބެންފީކާގެ އާޖެންޓީނާ މިޑްފީލްޑަރު، ޖިއަންލޫކާ ޕްރެސްޓިއާނީ، އަނގަމަތީގައި އަތްއަޅައިގެން ހުރެ، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި، ފީފާ އިން މިކަން ހިނގައިދިޔަ ގޮތް ރިވިއުކޮށް، މި ވޯލްޑް ކަޕާ ދިމާކޮށް ނިންމާފައި އޮތީ އެ ގޮތަށް ކަންތައް ކުރާ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމަށެވެ.
އެ ގޮތުން، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ތުރުކީގެ މާޓް މުލްޑޫރުއާ ވާހަކަ ދެއްކިއިރު، ޕެރަގުއޭގެ މިގޭލް އަލްމިރޯން އަނގަމަތީގައި އަތްއަޅައިގެން ވާހަކަ ދެއްކުމުން އޭނާ އަށް ރަތެއް ދެއްކި އެވެ. މިއީ، މި ގަވާއިދަށް އަމަލުކުރަން ފަށައި ދެއްކި ފުރަތަމަ ރަތް ކާޑެވެ. އެ ރަތް ކާޑާ ގުޅޭގޮތުން، އެ މެޗުގެ ރެފްރީ، އިވާން ސިސްނޭރޯސް ރިޕޯޓުގައި ބުނެފައިވަނީ، އަލްމިރޯން އަނގަމަތީގައި އަތްއަޅައި ވާހަކަ ދައްކާފައިވަނީ ދެ ކުޅުންތެރިންގެ މެދުގައި ދެބަސްވުމެއް ހިނގި ވަގުތެއް ކަމަށްވާތީވެ، އާ ގަވާއިދުގެ ދަށުން ރަތް ކާޑު ދެއްކޭނެ ހާލަތެއް ކަމަށްވާތީ ކަމަށެވެ.
އެކަމަކު، ރޭ ގާނާ އާއި އިންގްލެންޑުން 0-0 އިން އެއްވަރުވި މެޗުގައި ގާނާގެ ޖޯޑަން އަޔޫއާ ވާހަަކަ ދެއްކިއިރު، ބެލިންހަމް ވަނީ އަނގަމަތީގައި އަތްއަޅައިފަ އެވެ. އެކަމަކު، ބެލިންހަމް އަށް އެއްވެސް ކާޑެއް ދައްކާފައިނުވާއިރު، ގިނަ ސަޕޯޓަރުން އަންނަނީ މިކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން ތަފާތު ޝުއޫރުތަކެއް ފާޅުކުރަމުންނެވެ.
ފީފާގެ ހެޑް އޮފް ރެފްސީން، ޕިއެރްލުއީޖީ ކޮލީނާ ވިދާޅުވީ، އަނގަމަތީގައި އަތްއަޅައިގެން ޖޯޒީގައި ހިފަހައްޓައިގެން ހުރެ ވާހަަކަ ދެއްކޭނެ ކަމަށާއި ދެ ޓީމަކަށް ކުޅުނަސް ރަށްޓެހިކަން އޮންނަ ކުޅުންތެރިން މެޗުގެ ތެރެއިން އަމިއްލަ ވާހަކަ އެ ގޮތަށް އަނގަމަތީގައި އަަތްއަޅައިގެން ދައްކާނެ ކަމަށެވެ.
"ދެކެވޭ ވާހަކަ އަކީ އެކުވެރިކަމާ އެކު ކުރާ ކަމެއް ނަމަ، އެކަން ކުރަންވީ، މައްސަލަ އަަށް މި ވަނީ ދެބަސްވުމެއްގެ ތެރެއިން، ނޫނީ ބަހުގެ ހަމަލާއެއް ބަދަލުކުރާ ވަގުތުގައި އެ ގޮތަށް އަނގަފޮރުވައިގެން އެއްޗެހި ބުނާތީވެ،" ކޮލީނާ ވިދާޅުވި އެވެ.
ކޮލީނާ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގިނަަ ރެފްރީންގެ ފަރާތުން ފެންނަނީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް ފާހަގަކުރައްވައިފަ އެވެ.
އަނގަމަތީގައި އަތްއަޅައިގެން ހުރެ ވާހަކަ ދެއްކުމުން ބެލިންހަމް އަށް ރަތް ކާޑު ނުދެއްކީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ