މަސައްކަތުގެ ބުރަބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްއިން ސަލާމަތްވުމަށްޓަކައި ކޮންމެ ދެ މަހަކުން އެއްފަހަރު ޗުއްޓީއަކަށް ދިއުން މުހިންމު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
”މެކްސިމައިޒިން ރިކަވަރީ: ދަ ސުޕީރިއޮރިޓީ އޮފް ފްރީކުއެންޓް ވެކޭޝަންސް“ ގެ ނަމުގައި ސައިންސްވެރިޔާ ސެލްވަރާޖް ގިރިދަރަން ހެދި މި ދިރާސާގައި ބުނެފައިވަނީ، ގަވާއިދުން ކުރު ޗުއްޓީތަކެއް ނެގުމަކީ މަސައްކަތުގެ މާހައުލާއި ސިކުނޑިން މުޅިން ދުރުވެލުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ. މީގެ ސަބަބުން މީހާގެ ހަކަތަ އަވަހަށް އިޔާދަވެ، ނަފުސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަން ދިގު މުއްދަތަކަށް ހިފެހެއްޓުމަށް ބާރުއަޅާ ކަމަށްވެސް ބުނެފައިވެ އެވެ.
ދިރާސާ އިން ފާހަގަކުރެވުނު ގޮތުގައި، ދިގު ޗުއްޓީއެއް ހޭދަކުރުމަށްފަހު އެނބުރި މަސައްކަތަށް ނުކުންނަތާ މަދު ހަފުތާކޮޅެއްގެ ތެރޭގައި ޗުއްޓީން ލިބުނު ހިތްހަމަޖެހުމާއި ތާޒާކަން މުޅިން ފިލައިގެންދެ އެވެ.
އެހެންކަމުން، އަހަރަކު އެއްފަހަރު ބޮޑު ޗުއްޓީއެއް ނެގުމަށް ޗުއްޓީ ދުވަސްތައް ރައްކާކުރުމުގެ ބަދަލުގައި، އަށް ހަފުތާއިން އެއްފަހަރު ކުރު ބަންދެއް ހޯދުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ނަފުސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ އަސްލު ކަމަށް އޭނާ ހެދި ދިރާސާގައި ބުނެފައިވެ އެވެ.
މި ދިރާސާއިން އެނގޭ ގޮތުގައި، ޗުއްޓީގެ މުއްދަތަށްވުރެ މުހިންމީ ޗުއްޓީ ނަގާ އަދަދެވެ. އެހެންކަމުން، މަސައްކަތުގެ ބުރަކަމުގެ ތެރޭގައި ސިކުނޑި ސުންނާފަތިވިޔަނުދީ ހިފެހެއްޓުމަށްޓަކައި، ކޮންމެ 60 ދުވަހަކުން އެއްފަހަރު ދަތުރެއް ރޭވުން މާ ނަތީޖާ ރަނގަޅެވެ.
ވޯކް ސްޓްރެސް އިން ސަލާމަތްވާން ކޮންމެ ދެ މަހަކުން އެއްފަހަރު ޗުއްޓީ ނެގުން މުހިންމު: ދިރާސާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ