ބީއެމްއެލްއިން ސާފިން އެސޯސިއޭޝަންގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އައުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާޅާއަޅާ އެސޯސިއޭޝަން (އެމްއެސްއޭ)ގެ ޑިވެލޮޕްމަންޓް ޕާޓްނަރުގެ ގޮތުގައި ވެފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ބީއެމްއެލުން ބުނީ، މި ޕާޓްނާޝިޕްގެ ދަށުން ގައުމީ ޖޫނިއާ އަދި ސީނިއާ ސާފިން ޓީމުތަކުގެ ސްޕޮންސަރުގެ ގޮތުގައި ބޭންކުން ދޭ އެހީތެރިކަން ދަމަހައްޓާނެ ކަމަށެވެ. އަދި، ރާއްޖޭގެ ޒުވާން ރާޅާއެޅުންތެރިންގެ ހުނަރު ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބާއްވާ އަހަރީ "ނޭޝަނަލް ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް"އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ބީއެމްއެލުން ރާޅާ އަޅާ އެސޯސިއޭޝަނާ އެކު ޕާޓްނާޝިޕް ގާއިމުކުރީ 2022 ވަނަ އަހަރެވެ. އަދި، 2024 ވަނަ އަހަރު އެ ޕާޓްނާޝިޕަށް ދެ އަހަރު އިތުރުކޮށްފައިވެއެވެ. https://sun.mv/220270 ބީއެމްއެލުން ބުނީ، އެ ބޭންކުން އަންނަނީ ޒުވާނުންނަށް ހިންގާ ކުޅިވަރުގެ އެކިއެކި ހަރަކާތްތަކާއި އެސޯސިއޭޝަންތަކާ އެކު ގާއިމްކުރާ ޕާޓްނަޝިޕްތަކުގެ ޒަރިއްޔާއިން މުޅި ރާއްޖޭގައި ކުޅިވަރުގެ ހުނަރުތައް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ބޭންކުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ހިންގާ "ސްޕޯޓްސް ސްކޯލާޝިޕް" އެންމެ ފަހުން ލިބިފައިވަނީ ހުނަރުވެރި ރާޅާއެޅުންތެރިޔާ ސައްޔިދު ޞަލާޙުއްދީނަށެވެ. މި ސްކޯލާޝިޕްގެ ދަށުން ސައްޔިދުގެ ތަމުރީނުތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ހިމެނޭ ޗައިނާ، އިންޑޮނޭޝިއާ އަދި ފިލިޕީންސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ