ހަކުރުބަލީގެ ކުރީކޮޅު ފެންނަ، އަޅާނުލާ ދޫކޮށްލައިގެން ނުވާނެ އަލާމާތްތައް! 18 އަހަރަށްފަހު އާތިފް އަސްލަމް އޭނާގެ އާ ސްޓޫޑިއޯ އަލްބަމް އިއުލާންކޮށްފި މެސީގެ ބައްޕަ މަރުވި ކަމަށް ބުނެ ދޮގު ހަބަރު ފެތުރި ޓީވީ ހޯސްޓް އިސްތިއުފާ ދީފި ކަރީނާ ކަޕޫރުގެ ފިލްމު “ދ

އިތުރުވަމުންދާ ކޯލްޑް ސްޓޯރޭޖްތަކާއެކު ދިވެހި މަސްވެރިންނަށް މަހުގެ ރަނގަޅު އަގެއް ހޯދައިދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ “ރާއްޖެމިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ރާއްޖޭގައި މަސް ފިނިކޮށް ބެހެއްޓޭނެ ޖުމްލަ ކެޕޭސިޓީއަކީ 9،500 ޓަނު ކަމަށެވެ. ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި އަދަދު 25،000 ޓަނަށް އިތުރުކުރުން ކަމަށާއި، މި އަމާޒު 2027 ވަނަ އަހަރުގެ ނިޔަލަށް ހާސިލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސް ރައްކާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
“މިހާރު މަސް ރައްކާކުރާނެ ޖާގަ ނެތުމުގެ ސަބަބުން، މޫސުމީ މަސްވެރިކަމުގައި އެންމެ އަވަހަށް ބޭރުގެ ކުންފުނިތަކުން ހުށަހަޅާ އަގަކަށް މަސް ވިއްކާލަން މަޖުބޫރުވޭ. ނަމަވެސް މި ފެސިލިޓީތައް ނިމުމުން، ވާދަވެރި ބާޒާރެއްގައި އެންމެ ބޮޑު އަގު ހުށަހަޅާ ބަޔަކަށް މަސް ވިއްކުމުގެ ފުރުސަތު ފަހިވެ، މަސްވެރިންނަށް އޭގެ ހެޔޮ ނަތީޖާ ފެންނާނެ.” ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، މަސްވެރިން ބާނާ މަސް އެއްވެސް ލިމިޓެއް ނެތި މިފްކޯއިން ގަންނަމުންދާއިރު، ރާއްޖޭގައި މަހަށް އަގު އެއްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މަސްދަޅު ބަންދުކުރާ އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އަންނާނެ އެންމެ ބޮޑު އަދި އެންމެ ހެޔޮ ބަދަލުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ