އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާފައި ހުންނާނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި މިމަހުގެ 24އިން 30އަށް ސަރުކާރު ބަންދުވުމާގުޅިގެން ބޭންކިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު ހެނދުނު 8:30އިން މެންދުރުފަހު 2:00އަށެވެ.
މިދުވަހު އާންމުންނަށް ވަކި ލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާތީ، މި ހިނގާ ހަފުތާގެ ތެރޭގައި އަޟުހާ ޢީދުގެ ބަންދުގައި ބޭނުންވާނެކަމަށް އަންދާޒާކުރެވޭ އަދަދަށް އެ އޮތޯރިޓީން ވަކި ލާރިއާއި ނަގުދު ފައިސާ ހޯއްދެވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެވެ. އަދި ޢީދު ބަންދާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދެވެ.
ޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ